English |

ދިވެހި

އަހަރުމެންގެ ރަށްތައް. އަހަރުމެންގެ ފަރުތައް. އަހަރުމެންގެ މަސްމަހާމެހި.

މި ނިއުމަތްތައް ރައްކާތެރިކުރަމާ ހިނގާ!

fish
fish
fish
fish
fish

ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހަރެންނަށް ކުރެވޭނީ ކޮން ކަމެއް؟

އަހަރުމެންގެ ފަރުތަކަކީ އަހަރުމެންގެ ގެދޮރެވެ. ކަނޑުގެ ބިޔަ ރާޅުތަކުން މި ކުދިކުދި ރަށްތައް ސަލާމަތްކޮށްދެނީ ފަރުތަކުންނެވެ. މިއީ އަހަރުމެންގެ ކާނާގެ ރައްކައުތެރިކަން ކަށަވަރުކޮށްދޭ ނިޒާމެވެ. އަހަރުމެން މުނިފޫހިފިލުވަންދާ މަންޒިލެވެ. މި ގުދުރަތީ ނިއުމަތްތައް އަބަދަށް ދެމެހެއްޓުމަަށްޓަކައިި ފަރުތަކުގައި އުޅޭ ދިރުންތަކަށް އަހަރުމެން އިހުތިރާމުކުރަންޖެހެއެވެ. މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު އެކަމަކު މާދަމާއަށް ބަލައިގެން މިއަދު މަސްވެރިކަން ނުކޮށްފިނަމަ މަހުގެ ސަޕްލައިގެ އިތުރުން ފަރުތަކަށްވެސް އިޔާދަނުކުރެވޭހާ ގެއްލުންތަކެއްލިބިދާނެއެވެ. އެއްމެން އެކު އެކީި މާދަމާއަށް ބަލައިގެން މަސްވެރިކަން ކުރުމާ ހިނގާ!


އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

މިބާވަތްތަށް ނުނެގުމަށް ބާރުއަޅަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތާއި ފަރުތަކުގައި އެސޮރުމެންގެ ދައުރަށް ބެލުމަށްފަހުއެވެ.


ސައިޒަށް ބަލަންވީ ބާވަތްތައް

މިބާވަތްތަކުގެ ކުދި މަސް ނުނެގުމަށް ބާރުއަޅަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތާއި ހެދިބޮޑުވާގޮތްތަކަށް ބެލުމަށްފަހުއެވެ

މިމައުލޫމާތު އެހެން މީހުންނާއި ހިއްސާކުރައްވާ

އަހަރުމެންގެ ފަރުތައް އަހަރުމެންގެ ދަރީންގެ މުސްތަގުބަލަށާއި އަހަރުމެންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ކުރިއެރުމަށް ރައްކާތެރިކުރަން ޖެހެއެވެ. މިކަން ކުރެވޭނީ މިމައުލޫމާތު އަހަރުމެންގެ އާއިލާއާއި ރަހުމަތްތެރިންނާއި ހިއްސާކުރެވިގެންނެވެ.

މައުލޫމާތު ހިއްސާކުރުމަށް ފޭސްބުކް ޕްރޮފައިލް ފޮޓޯއަށް FishForTomorrow# ފްރޭމް ލައްވަވާ

ފޭސްބުކް ފުރޭމް ބޭނުންކުރައްވާ

މިޕޭޖު ބުކްމާކް ކުރެއްވުމުން ނުވަތަ މޮބައިލް ހޯމް ސްކްރީނަށް ލެއްވުމުން މިމައުލޫމާތު ފަސީހައިން އަބަދުވެސް ބަލާލެވޭނެއެވެ.

Man stood on a fishing boat

‘މާދަމާއަށް ބަލައިގެން' މަސްވެރިކަންކުރަންވީ ކީއްވެ؟

އަހަރުމެންގެ ފަރުތައެް އަހަރުމެން ހީކުރާ ވަރަށްވުރެ މާ ނާޒުކެވެ. ފަރުގައި އުޅޭ މުހިއްމު ދިރުންތަކުގެ އާބާދީ ރައްކާތެރި ނުކޮށްފިނަމަ މަހުގެ ސްޓޮކަށާއި ފަރުތަކުގެ ދުޅަހެޔޮކަމަށް އިޔާދަނުކުރެވޭހާ ބޮޑެތި ގެއްލުންތަކެއް ލިބިދާނެއެވެ. ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް މި ޕޭޖުގައި ހުރި މަސްމަހާމެއްސައް ބަލައިގެން މަސްވެރިކަން ކުރަމާ ބަހީ!

ކުއިޒް ކުޅެލަމާ
Lobster in a bucket

އިނގޭތަ

ބިސްދޫކުރާ ދުވަސްވަރު އައުމުން އެތައްބައިވަރު ފާނަ އެއްސަރަހައްދަކަށް ޖަމާވެއެވެ. މިއަށް ކިޔަނީ 'ސްޕޯނިންގް އެގްރިގޭޝަން' އެވެ. މިސަރަހައްދުތަކުން މަސްވެރިކަން ކުރުމުން އެސޮރުމެން އާލާވުމަށް ލިބޭ ފުރުސަތު ގެއްލި ފާނައިގެ އާބާދީ ވަރަށް ބޮޑުތަނުން ދަށަށްދެއެވެ.

މޯލްޑިވްސް ރެސީލިއެންޓް ރީފްސްއަކީ ކޮންބައެއް؟

މޯލްޑިވްސް ރެސީލިއަންޓް ރީފްސް ޕްރޮޖެކްޓަކީ އިނގިރޭސި ވިލާތުގެ ބްލޫ މެރިން ފައުންޑޭޝަނުން ދިވެހިރާއްޖޭގައި ހިންގާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުގެ އަމާޒަކީ ދިވެހިންނާއި ރާއްޖޭގެ ތިމާވެށި އަދި އިގުތިސާދުގެ ރައްކާތެރިކަމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް:


Seagrass

މޫދުވިނަ ދަނޑުތައް ހިމާޔަތްކުރުމުގެ ކެންޕެއިނެއްވެސް އަޅުގަނޑުމެން ކުރިޔަށް ގެންދަމެވެ. މޫދުވިނައަކީ ރާއްޖެފަދަ ކުދި ޖަޒީރާ ގައުމެއްގެ މުސްތަގުބަލަށް ވަރަށް މުހިއްމު އެއްޗެކެވެ.

އިތުރު މަޢުލޫމާތު

ނިކުމެލާ

ގޮނބިލަނޑާ

އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

ގޮނބިލަނޑާ

(ބަންޕްހެޑް ޕެރޮޓްފިޝް)

ގޮނބިލަނޑައަށް 40 އަހަރު ދިރިއުޅެވެއެވެ. އެއީ ޖަމަލެއްގެވެސް އުމުރެވެ! ގޮނބިލަނޑާއަކީ އެއްމެ ބޮޑު އަދި އެއްމެ ބަރު ލަނޑާގެ ބާވަތެވެ. މީގެ އެންމެ ބޮޑެތި މަހުގެ ދިގުމިނުގައި 5 ފޫޓު އަދި ބަރުދަނުގައި 50ކިލޯ ހުރެއެވެ.

ގޮނބިލަނޑާ

އިނގޭތަ؟

ރާއްޖޭގެ ގޮނޑުދޮށްތައް ހެދެނީ މިސޮރުމެންގެ ގުއިން!

  • ވޭތުވެދިޔަ 30އަހަރު ތެރޭގައި މާގިނައިން މަސްވެރިކަންކުރުމުގެ ސަބަބުން ދުނިޔޭގެ ގޮނބިލަނޑާގެ އާބާދީ ވަނީ %30 ދަށްވެފައެވެ.
  • މެދުމިންވަރަކަށް ގޮނބި ލަނޑާ ހިފާ ސަރަހައްދުތަކުގައިވެސް އެސޮރުމެންގެ އާބާދީ ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ.
  • ސައިންސަވެރިން ގޮނބިލަނޑައަށް ކަނޑުތަކުގެ އެތްތަކޭ ކިޔާއުޅެއެވެ. އެއީ ފަރުތައް ފަރުމާކުރުމުގައި އެސޮރުމެންގެ ދައުރު ބޮޑުކަމުންނެވެ.
  • ގޮނބިލަނޑާ މުރަކަ ކެއުމުން ފަރުތަކުގެ އެހެން ސަރަހައްދުތަކުން އެސަރަހައްދަށް މުރަކަފެތުރި ފަރުތައް އާލާވާން އެހީވެދެއެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ގޮނބިލަނޑާ
ލަނޑާ

އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

ލަނޑާ

(ޕެރޮޓްފިޝް)

ދުނިޔޭގައި 80 ބާވަތެއްގެ ލަނޑާއުޅެއެވެ. މީގެ އެކި ލަނޑާ އެއްމެ ބޮޑެތިވަނީ އެކި ސައިޒަށެވެ (11.8އިންޗިން ފެށިގެން 3 ފޫޓަށް).

ލަނޑާ

އިނގޭތަ؟

ފަރުތަކުގައި މުރަކައިގެ ދިރުން ފެށުމަށް ބޭނުންވާ ޖާގަ ލިބެނީ ގައުތަކުގައި ޖަހާފައިވާ ފެހި ލަނޑާ ކައި ސާފުކުރުމުންނެވެ.

  • ލަނޑާއަށް އިނގިރޭސިބަހުން 'ޕެރޮޓްފިޝް' އޭ ކިޔަނީ ލަނޑާގެ ތުންގަނޑު ގުރާގެ ތުންގަނޑުހެން ހުންނާތީއެވެ.
  • ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ލަނޑާ ވަރަށް ބޮޑު ދައުރެއް ކުޅެއެވެ. ލަނޑާއަކީ ފަރުގައި ޖަހައިފައިވާ ފެހި ކައި، ފެހިތައް ފެތުރުން މައިތިރިކޮށް، ކުދި މުރަކަ އައިސް ފަރުގައި ހަރުލަން ޖާގަހަދާ މަހެކެވެ.
  • ބޭރުފަރުތަކުގައި އުފެދޭ ވެލީގެ %85 އުފައްދަނީ ލަނޑައެވެ. މިވެލިން ދިވެހިރާއްޖޭގެ ގޮނޑުދޮށްތައް ހެދުމަށް އެހީވެދެއެވެ.
  • ލަނޑާގެ ދަތްތައް އުފެދިފައި ހުންނަނީ ރަނާއި، ރިހި އަދި ލޯއަށް ވުރެވެސް ހަރު 'ފްލުރޯޕަޓައިޓް' ކިޔާ މާއްދާއަކުންނެވެ.
  • ލަނޑާއަކީ ޖިންސުބަދަލުކުރާ ބާވަތުގެ މަހެކެވެ. މިސޮރުމެން ފަރުތަކުގައި ބައިހަދައިގެން އުޅޭއުޅުމުގައި ބައިގެތެރޭގައި ބޮޑެތިކޮށް ފެންނަނީ ފިރިހެން މަހެވެ. ފިރިހެންމަސް މަރުވުމުން ބައިގައި އުޅޭ އަންހެން މަހެއް ޖިންސު ބަދަލުކޮށް އެމަހުގެ ޖާގަ ނަގައެވެ.
  • ފަރުތަކުން ފެންނަ ލަނޑާތަކުތެރެއިން ބޮޑެތިކޮށްތިބެނީ އާއްމުކޮށް ފިރިހެން ލަނޑައެވެ. މާގިނަ ބޮޑެތި ލަނޑާ ހިފައިފިނަމަ، ފިރިހެން މަސް މަދުވެ، ލަނޑާ އާލާވުމަށް ދަތިވެއެވެ.
  • މުރަކައިގެ ފަރުތައް އުފެދިފައި ހުންނަ އެތައް ގައުމެއްގައި ލަނޑާ މާގިނައިން ހިފުމުގެ ސަބަބުން ގާހުދުވުމަށްފަހު މުރަކަފަރުތައް އަލުން އާލާވުމަށް ހުރަސްއެޅިފައި އެބަހުއްޓެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ލަނޑާ
ގާހަކަ

އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

ގާހަކަ

(ޖަޔަންޓް ކްލޭމް)

ގާހަކަގާހަކައަކީ ދުނިޔޭގައި އުޅޭ އެންމެ ބޮޑެތިތޮވާ ރިނދަލީގެ އާއިލާގެ ބާވަތްތަކުގެތެރެއިން އެއްމެ ބޮޑެތިވާ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. މިސޮރުމެން 6 އިންޗިއާ 3 ބައެއް ބާވަތުގެ ގާހަކަ 3 ފޫޓަށް ބޮޑެތިވެއެވެޓާ ދެމެދުގެ ސައިޒަކަށް ބޮޑުވެއެވެ. މާގިނައިންގިނަ އަދަދަކަށް ގާހަކަ ނަގައިފިނަމަނަގާކަމުގައިވާނަމަ ފަރުތަކައް ގެއްލުންވެއެވެނޭދެނެވި ގެއްލުންތައް ލިބެއެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި މާގިނައިން ގާހަކަ ނެގުމުގެ ސަބަބުންވަނީ ގާހަކައިގެ އާބާދީ ވަނީ އެއްކޮށް މިބާވަތްތައް ނެތިގޮސްފައެވެ.

ގާހަކަ

އިނގޭތަ؟

ރާއްޖޭގައި އުޅޭ 'ފްލޫޓެޑް ކްލޭމް' ގާހަކައިގެ އުމުރަކީ 25 އަހަރެވެ. އެއީ ކިނބުލެއްގެ އުމުރަށްވުރެ މާ ދިގެވެ.

  • ބައެއް ބާވަތުގެ ގާހަކަ އެތައް ސަތޭކަ އަހަރެއް ވަންދެން ދިރިއުޅެއެވެ.
  • ރާއްޖޭގައި ގާހަކަ ނެގުމާއި އެކްސްޕޯޓުކުރުމަކީ މަނާކަމެކެވެ.
  • ގާހަކައަކީ ކަނޑުގެ ލޮނުގަނޑު ފުރާނައިގެން ކާނާ ހޯދާ އެއްޗެކެވެ. މިކަމުން ފަރުތަކުގެ ލޮނުގަނޑު ސާފުކޮށްދެއެވެ.
  • ގާހަކައިގެ މަސްގަނޑުގައިވެސް މުރަކަތަކުގައި އުޅޭ ފެހީގެ ބާވަތްތައް ވެއެވެ. މަސްގަނޑަށް ކުލަތައް ގެނެސްދެނީ މި ފެހީގެސަބަބުންނެވެ.
  • ގާހަކާގައި ދެޖިންސުގެ ބިސްހުރެއެވެ. ބިސް ދޫކުރާއިރު މި ދެޖިންސުގެ ބިސް ދޫކުރަނީ ވަކިވަކިންނެވެ.
  • ގާހަކައަކީ އެއްތަނުން އަނެއްތަނަށް ދެވޭ އެއްޗެއް ނޫނެވެ. މިހެންކަމުން ފަރުތަކުން މާގިނަ ގާހަކަ ނަގައިފިނަމަ އެސޮރުމެންނަކަށް އާލާއެއް ނުވެވެއެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ގާހަކަ
މުޑަފާނަ

އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

މުޑަފާނަ

(ޖަޔަންޓް ގްރޫޕަރ)

މުޑަފާނައަކީ ފަރުތަކުގައި އުޅޭ މަސްތަކުގެ ތެރެއިން އެންމެ ބޮޑުވާ މަހެވެ. އެއްމެ ބޮޑެތި މުޑަފާނާއިގެ ދިގުމިނުގައިގައިައަކީ 6.5 ފޫޓޫަށް އަދިބޮޑުވެ ބަރުދަނުގައި 400 ކިލޯ ހުރެއެވެ.ހުންނަ މަހެކެވެ.

މުޑަފާނަ

އިނގޭތަ؟

އިނގޭތަ؟ ދުނިޔޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މުޑަފާނައިގެ އާބާދީވަނީ އެއްކޮށް ނެތިގޮސްފައެވެ.މިއީ ފަރުތަކުގައި އުޅޭ މަސްތަކުގެ ތެރެއިން އެއްމެ ބޮޑުވާ މަސް.

  • މުޑަފާނައަށް ބިސްދޫކުރެވެނީ 4 ފޫޓަށް ވުރެ ބޮޑުވުމުންނެވެ.
  • މުޑަފާނަ އާލާވަނީ ވަރަށް ގިނަ ދުވަހުން ކަމުން އެސޮރުމެންނަކީ ވަރަށް ފަސޭހައިން ހިފާހުސްވެދާނެ މަހެކެވެ.
  • މުޑަފާނައަކީ 100 މީޓަރު އަޑީގައި އުޅެވޭ މަހެކެވެ.
  • ދުނިޔޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މުޑަފާނައިގެ އާބާދީވަނީ އެއްކޮށް ނެތިގޮސްފައެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

މުޑަފާނަ
މާހުޅުނބު ލަނޑާ

އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

މާހުޅުނބު ލަނޑާ

(ނެޕޯލިއަން ރާސް)

މާހުޅުނބުލަނޑާ މާހުޅުނބުލަނޑައަކީ ފަރުތަކުގައި އުޅޭ އެންމަ ބޮނޑުވާ ބާވަތުގެ މަސްތަކުގެ ތެރެއިން މަހެކެވެ. އާމުގޮތެއްގައި މިބާވަތުގެ ފިރިހެންމަސް އަންހެން މަހަށްވުރެ ބޮޑެތިވެއެވެ. އެއްމެ ބޮޑެތިވާ މާހުޅުނބުލަނޑާގެ ދިގުމިނުގައި އައަކީ 6.5 ފޫޓުަށް ބޮޑުވެެ އަދި ބަރުދަނުގައި 180 ކިލޯ ހުރެއެވެހުންނަ މަހެކެވެ. ނަމަވެސް އާއްމުކޮށްއް ފެންނަ ސައިޒު، މަހުގެ ދިގުމިނުގައި ހުންނަނީ 3 ފޫޓެތެވެ. 3 ފޫޓަށް ވުރެ ބޮޑެތި އަންހެންމަސް ފެންނަނީ ވަރަށް މަދުންނެވެ.

މާހުޅުނބު ލަނޑާ

އިނގޭތަ؟

މާހުޅުނބުލަނޑާގެ އުމުރަކީ 30 އަހަރެވެ. އެސޮރުމެންނަށް މިނިކާވަގަކަށްވުރެލެޕަރޑަކަށް ވުރެ ގިނަ ދުވަހު ދިރިއުޅެވެއެވެ.

  • މާހުޅުނބުލަނޑަޔަކީ ދުނިޔެއިން ނެތިދިތުމުގެ ބިރު ހީވެފައިވާ މަހެކެވެ.
  • ރާއްޖޭގައި މާހުޅުނބުލަނޑާ ހިފުމަކީ މަނާކަމެކެވެ.
  • މާހުޅުނބުލަނޑައަކީ ފަރުތަކަށް ގެއްލުންދޭ ނުރައްކާތެރި ދިރުންތައް، މިސާލަކަށް ކަށިބޯ، ކައިއުޅޭ މަހެކެވެ.
  • މާހުޅުނބުލަނޑާ ބޮޑުވެގެން އަންނަނީ އަންހެން މަސް ގޮތުގައެވެ. ވަކި ވަރަކަށް ބޮޑުވުމުން ބައެއް މަސް ފިރިހެން މަހަށް ބަދަލުވެއެވެ. މަސްވެރިކަމުގެ ސަބަބުން އާބާދީގައި ފިރިހެން މަސް މަދުވުމުން، އާބާދީ އާލާވާ މިންވަރު ދަށްވެއެވެ.
  • މާހުޅުނބުލަނޑައަކީ ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބަލާހިތްވާ މަހެކެވެ.
  • ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މާގިނައިން މަސްވެރިކަންކުރުމުގެ ސަބަބުން ދުނިޔޭގައި މާހުޅުނބުލަނޑާގެ އާބާދީ %50 ދަށަށް ހިނގައްޖެއެވެ.
  • މާހުޅުނބުލަނޑައަށް އެސޮރުމެންގެ ލޯ 360 ޑިގުރީއަށް ވަށައިގެން އަނބުރާލެވެއެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

މާހުޅުނބު ލަނޑާ
ބިސްހުރި އިހި

އެއްގޮތަކަށްވެސް ނުނަގަންވީ ބާވަތްތައް

ބިސްހުރި އިހި

(ބެރީޑް ލޮބްސްޓަރ)

ބިސްހުރި އިހިބިސްހުރި އިހި ހިފުމަކީ ރައްޖޭގައި މަނާކަމެކެވެ. އިއްސަށް ބިސްދޫކުރެވެނީ ކޮންމެ 2 އަހަރަކުން 1 އަހަރެވެ. މާބަނޑު އިހި ބިސްހިފައިގެން 20 މަސްދުވަހު އުޅެއެވެ. އުޅޭ މުއްދަތު ވަރަށް ދިގެވެ. އެއީ ގާތްގަނޑަކައް 20 މަސްދުވެހެވެ.އެހެން ކަމުން އިއްސަށް ބިސްދޫކުރެވެނީ ކޮންމެ 2 އަހަރަކުން 1 އަހަރެވެ.

ބިސްހުރި އިހި

އިނގޭތަ؟

އިއްސަކީ މުސްކުޅިވެގެން މަރުވާ ބާވަތުގެ ދިރުމެއް ނޫނެވެ. މިހެންކަމުން ބަލިތަކުން ނުވަތަ ހަމަލާތަކުން ސަލާމަތްވެވިއްޖެނަމަ އެސޮރުމެންނަށް މުޅި އުމުރުވެސް ދިރިއުޅެވިދާނެއެވެ.

  • އިހި ބިސްދޫކުރާއިރު މިލިއަނަކަށް ވުރެ ގިނަ ބިސް ދޫކުރެއެވެ. ދޫކުރެއެވެ.ޭ، ނަމަވެސް ބޮޑުވުމުގެ ފުރުސަތު ލިބެނީ މީގެތެރެއިން ވަރަށް މަދު އިއްސަކަށެވެ.ށް.
  • ރާއްޖޭގައި ބިސްހުރި އިހި އަދި 0.8 ފޫޓަށްވުރެ ކުދި އިހި ހިފުމަކީ ރާއްޖޭގައި މަނާކަމެކެވެ.
  • އަންހެން އިހި ބިސްދޫކުރާ އުމުރަށް އަރަނީ އަޅަނީ 5 -9 5 އަހަރާއި 9 އަހަރާއި ދޭތެރޭގައެވެ. އަހަރުދުވަހުންނެވެ. އަދި ފިރިހެން އިހި ފުރާވަރަށް އަރަނީއަޅަން 3-6 3 އަހަރާއި 6 އަހަރާއި ދޭތެރޭގައެވެއަހަރުވެއެވެ. އިހީގެ ހެދި ބޮޑުވުން ބިނާވެގެންވަނީ ފެނުގެ ފިނިހޫނުމިނާއި، ކާއެއްޗެހި ލިބުމަށެވެ.
  • ފަޅު އިހި ބިސްއަޅާފަހަރަކު ގާތްގަޑަކަށް 700،000 ބިސްއަޅައެވެ. މިބިސްތައް ހުންނަނީ ވަރަށް ކުދިކޮށް، ގަދަ އޮރެންޖު ކުލައެއްގައެވެ. އިހީގެ ބިސްތައް ވިހަން ތިން ހަފުތާއާއި ނުވަ ހަފުތާ ދޭތެރޭ މުއްދަތެއް ނަގައެވެ. 3-9 ހަފްތާނަގައެވެ.
  • އިހީގެ އުމުރުގެ ފުރަތަމަ ދުވަސްވަރު ހޭދަ ކުރަނީ ކަނޑުގެ މަތީފަށައިގައި ހުންނަ ފަނިފަކުސާ (ޕުލެންކްޓަންސް) ކެއުމުގައެވެ. މިދުވަސްވަރު ކަނޑުގެ އޮޔަވަރުގެ އެހީގައި ދުރުހިސާބުތަކަށްއް މި އިހިތައް ދަތުރުކުރެއެވެ. 9-11 9 މަހާއި 11 މަހާއި ދޭތެރޭ މުއްދަތެއް މަސްދުވަސް މިގޮތުގައި ހޭދަކުރުމަށްފަހު އަތޮޅުތެރެއަށް ވަދެ ހިމާޔަތް ހޯދައެވެ. ހި އިހި ތިލަ ވެށިތަކުގައި ވަޒަންވެރިވެ ހިމާޔަތްކަން ހޯދައެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ބިސްހުރި އިހި
ފާނައިގެ އާއިލާ

ސައިޒަށް ބަލަންވީ ބާވަތްތައް

ފާނައިގެ އާއިލާ

(ގްރޫޕަރ)

ދުނިޔޭގައި 160 ބާވަތުގެ ފާނަ އުޅެއެވެ. ރާއްޖޭގައި މީގެ %25 ބާވަތެއްތް (45 ބާވަތް) އުޅެއެވެ. ފަރުތަކުގައި އުޅޭ މަސްތަކުގެ ތެރެއިން ނެތިދިޔުމުގެ ބިރު އެއްމެ ބޮޑަށް ހީވެފައިއޮތީ ފާނައިގެ އާއިލާއަށެވެ.

Grouper size information
ފާނައިގެ އާއިލާ

އިނގޭތަ؟

ކަސްފާނަ ކަހަލަ ވަރަށް ގިނަ ފާނައިގެ ބާވަތްތަކުގެ އުމުރު މިނިކާވަގު އާއިލާގެ ޖަނަވާރުތަކަށް ވުރެ ދިގެވެ. މިސޮރުމެން ގެ އުމުރު ގޮރިއްލާގެ އުމުރާއި އެއްވަރެވެ.

  • މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި ބާނާ %90 ފާނަ ބާނަނީ ބިސްދޫކުރާ އުމުރަށް އެރުމުގެ ކުރިންނެވެ.
  • އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ތެރެއިން ދިރިހުރި ފާނަ އެކްސްޕޯޓުކުރާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ.
  • ގިނަ ބާވަތްތަކުގެ ފާނަ ބިސްދޫކުރަނީ އުމުރުން 7 އަހަރަށް ނުވަތަ 8 އަހަރަށް އެޅުމުންނެވެ.
  • ފާނަ ބޮޑުވާ ވަރަކަށް ބިސްދޫކުރާ މިންވަރުވެސް އެތައް ގުނައެއް އިތުރުވެއެވެ.
  • ބިސްދޫކުރާ ދުވަސްވަރު އައުމުން އެތައްބައިވަރު ފާނަ އެއްސަރަހައްދަކަށް ޖަމާވެއެވެ. މިއަށް ކިޔަނީ 'ސްޕޯނިންގް އެގްރިގޭޝަން' އެވެ.
  • ދުނިޔޭގައި ފާނަ ބިސްދޫކުރަން ޖަމާވާ %60 ސަރަހައްދުގައި ފާނަ ޖަމާވާ އަދަދު ވަނީ ވަރަށްބޮޑަށް ދަށަށް ގޮސްފައެވެ. އަދި ވަރަށް ގިނަ ސަރަހައްދުގައި މިހާރު އެއްގޮތަކަށްވެސް ފާނަ ޖަމައެއް ނުވެއެވެ.
  • ގިނަ ބާވަތުގެ ފާނަ ބޮޑުވެގެން އަންނަނީ އަންހެން މަހުގެ ގޮތުގައެވެ. ވަކި ވަރަކަށް ބޮޑުވުމުން ބައެއް މަސް ފިރިހެން މަހަށް ބަދަލުވެއެވެ. މިހެންކަމުން އާބާދީގައި ފިރިހެން މަސް ނިސްބަތުން މަދެވެ.
  • ފާނަ ޖަމާވާ ސަރަހައްދުތަކުން މަސްވެރިކަން ކުރުމުން، އެސޮރުމެން އާލާވުމަށް ލިބޭ ފުރުސަތު ގެއްލި، ފާނައިގެ އާބާދީ ވަރަށް ބޮޑުތަނުން ދަށަށްދެއެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ފާނައިގެ އާއިލާ
ކުދި އިހި

ސައިޒަށް ބަލަންވީ ބާވަތްތައް

ކުދި އިހި

(ލޮބްސްޓަރ)

ދުނިޔޭގައި ގާތްގަޑަކަށް 60 ބާވަތުގެ އިހި އުޅެއެވެ. ރާއްޖޭގައި 0.8 ފޫޓަށްވުރެ ކުދިކުރި އިހި ހިފުމަކީ މަނާކަމެކެވެ.

Lobster size information
Lobster

އިނގޭތަ؟

އިއްސަކީ މުސްކުޅިވެގެން މަރުވާ ބާވަތުގެ ދިރުމެއް ނޫނެވެ. މިހެންކަމުން ބަލިތަކުން ނުވަތަ ހަމަލާތަކުން ސަލާމަތްވެވިއްޖެނަމަ އެސޮރުމެންނަށް މުޅި އުމުރުވެސް ދިރިއުޅެވިދާނެއެވެ.

  • ފާއިތުވެ ދިޔަ ދެގަރުނެގެއްހާ ތެރޭގައި އިހީގެ މަސްވެރިކަން ވަނީ ދުނިޔޭގައި ވަރަށް ބޮޑަށްއް ފުޅާވެގެން ގޮސްފައެވެ. މިހެންކަމުން އަދި އިހީގެ އާބާދީ ރަނގަޅު ގޮތުެއްގައި މެނޭޖުކުރާނެ އަވަސް ނިޒާމެއްވެސް މިއަދު މވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.
  • އިއްސަކީ މުސްކުޅިވެގެން މަރުވާ ބާވަތުގެ ދިރުމެއް ނޫނެވެ. މިހެންކަމުން ބަލިތަކުން ނުވަތަ ހަމަލާތަކުން ސަލާމަތްވެވިއްޖެނަމަ އެސޮރުމެންނަށް މުޅި އުމުރުވެސް ދިރިއުޅެވިދާނެއެވެ.
  • އިހި 3 އިންޗިއަށް ބޮޑުވެ 6.8 ކިލޯގުރާމު ހުންނަވަރަށް ބަރުވާންބޮޑުވ ާަް ން 2އަހަރުދުވަސް ނަގައެވެ. އަދި ބަރުދަނުގައި 6.8 ކިލޯގުރާމު ހުންނަވަރަށް އިހި ބޮޑުވެއެވެ.
  • އިހީގެ ލޭ ހުންނަނީ ނޫކުލައިގައެވެ. އެއީ އެސޮރުމެންގެ ލޭގައި ލޯގެ މައުދަން އެކުލެވޭތީއެވެ.
  • ފަޅު އިހީގައި 2 ބޮޑު 2 ނަރުވާ ހުރެއެވެ. އިހީގެ ނަރުވާތައްމިދެ ނަރުވާ ބޭނުން ކުރަނީ އެހެން ދިރުންތަކުގެ ކިބައިންން ރައްކާތެރިވުމަށެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ކުދި އިހި
ރަތްމަހުގެ އާއިލާ

ސައިޒަށް ބަލަންވީ ބާވަތްތައް

ރަތްމަހުގެ އާއިލާ

(ސްނެޕަރ)

ދުނިޔޭގައި ރަތްމަހުގެ 106ބާވަތް އުޅެއެވެ. މީގެ ތެރެއިން ރާއްޖޭގައި އުޅެނީ 29 ބާވަތެވެ. ރަތްމަހުގެ ބާވަތްތަކަކީ ރާއްޖޭގައި އެންމެ ގިނައިން ބާނާ ފަރުމަހުގެ އާއިލާއެވެ.

Snapper size information
ރަތްމަހުގެ އާއިލާ

އިނގޭތަ؟

ރަތްމަސް 55 އަހަރުވަންދެން ދުނިޔޭގަ އުޅެއެވެ. އެއީ ސާރިދޯޅެއްގެ އުމުރަކަށް ވުރެ ދެގުނަ ދިގު އުމުރެކެވެ.

  • ފާއިތުވި 20 އަހަރުތެރޭގައި ރާއްޖެއިން ބާނާފައިވާ ރަތްމަހުގެ ޖުމްލަ އަދަދާއި ސައިޒް ވަނީ ދަށްފައެވެ. މިއީ މިބާވަތުގެ މަސް ބާނަންޖޭހެ މިންވަރަށްވުރެ ގިނައިން ބާނާކަމުގެ ނިޝާނެކެވެ.
  • ރަތްމަހަކީ 3 ފޫޓައް ބޮޑުވެ ބަރުދަނުގައި 12.5 ކިލޯ ހުންނަ މަހެކެވެ. މިއީ ރަތްމަހުގެ އާއިލާއިން އެއްމެ ގިނަ ދުވަހު (55 އަހަރު) ދިރިއުޅޭ ބާވަތެވެ . އެއީ ސާރިދޯޅުގެ އުމުރަށްއްވުރެ ދެގުނައަށްވުރެވެސް ދިގެވެ.
  • ގިއުޅަކީ 3.6 ފޫޓައް ބޮޑުވެ ބަރުދަނުގައި 15.4 ކިލޯ ހުންނަ މަހެކެވެ. އެސޮރުމެން 15 އަހަރު ވަންދެން ދުނިޔޭގައި އުޅެއެވެ.
  • ގިނިމަސް 18 އަހަރު ވަންދެން ދުނިޔޭގައި އުޅެއެވެ.

މިހުށައެޅުން ތައް އެކުލަވާލައިފައި މިވަނީ މިބާވަތްތަކުގެ އާބާދީގެ ހާލަތަށާއި، ފަރުތަކުގައި އެސޮރުމެންގެ ދައުރަށާއި އަދި ހެދި ބޮޑުވާގޮތަށް ބެލުޅުމަށްއްފަހުއެވެ. ސަރުކާރުގެ ޤަވާއިދުތަކުގައި މިހުރިހާ ހުށައެޅުންތަކެއް އަދި ހިމެނިފައެއް ނުވެއެވެ.

ރަތްމަހުގެ އާއިލާ